އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް “މޫސުމާބެހޭ ގައުމީ އިދާރާ” މެޓުން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:30 އަށް ހުދު ސަމާލު ނެރެފައިންއިރު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ބޯކޮށް ވާރޭ ވެހުމައި އެކު ގުގުރުން އެކަށީގެންވާނެ ކަމަށް ލަފާކޮށް، މެޓުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ބުނެ މެޓުން ވަނީ ދަތުރު ފަތުރަށް ޚާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސް ކުރަށްވާފައެވެ.

