ކ. މާފުށި ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.
އެމްއެންޑީއެފުން ވުނީ ގެއްލިގެން ހޯދަނީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އަންނަކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ ކުރަމުންކަމަށެވެ. އަދި މި ހާދިސާ ހިނގީ މިއަދު 10:02 އެހާކަންހާއިރު ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރެކެވެ. އަދި ހުދު ކުލައިގެ މާސްކެކެވެ.
އެމްއެންޑީއެފުން ގެއްލުނު ފަތުރުވެރިއާ އާ ގުޅުންހުރި އިތުރު ތަފުސީލެއް އެ ހިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.

