އިސްރާއީލުގެ އަސްކަރީޔާއިން އިރާނަށް ރޭ ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
އީރާނަށް ދީފައިވާ މި ހަމަލާތައް ރައީސް ކުށްވެރިކުރެއްވި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވިއެވެ.
އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި އިރާނުގެ ވެރިރަށް، ތެހެރާނާއި އެ ގައުމުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މަރުކަޒާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ރިސާޗު ސެންޓަރު ހިމެނެއެވެ. މުޅިއެކު އަށް ސަރަހައްދަކަށް އިސްރާއީލުން ވަނީ ހަމަތައްދީފައެވެ.
އީރާނުގެ މީޑިއާތައް ރިޕޯޓު ކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އާންމުންނާއި ސިފައިން ހިމެނޭހެން އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.
އެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުންވެސް ވަނީ މިއަދު ހަމަލާތައް ދީފައެވެ. ނަމަވެސް އެ ޤައުމުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާ ޔަހޫދީ ދައުލަތުން ވަނީ ހުއްޓުވާފައެވެ.

