އިސްރާއީލުން އީރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ބަޔާނެއް ނެރެފިއެވެ.
މިކަން ހާމަކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނެފައިވަނީ އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ކުރި މި ޢަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި، މި ޢަމަލުގެ ސަބަބުން ސަރަޙައްދުގެ ސަލާމަތަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ވަނީ ބަޔާނުގައި ބުނެފައެވެ.
ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށްވެސް ވަނީ ބަޔާނުގައި ބުނެފައެވެ.

