މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ ފަށައިފިއެވެ.
މަތީތަޢުލީމާއި ތަމްރީނު އަދި ވެލްނަސްދާއިރާގެ 200 އަށްވުރެ ގިނަ ފުރުސަތާއެކު ފެއްޓިވި މި އެކްސްޕޯ ހުޅުވައި ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ.
މިމަހުގެ 15 ވަނަ ދުވަހުގެ ނިއަލަށް މިއެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 3:00 އިން ރޭގަނޑު 10:00 އާހަމަޔަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެކްސްޕޯ، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް)ގެ ފަރާތުން އިންތިޒާމްކޮށްފައިވާއިރު، ރާއްޖޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 40 ފަރާތަކުންވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ.
ތަޢުލީމާއި ވެލްނަސް ދާއިރާއިން 100 އަށްވުރެންގިނަ ފުރުސަތު ރާއްޖެއަށްވަނީ އެކްސްޕޯގެ ޒަރީއާއިން ހުޅުވާލާފައެވެ.
މަތީތަޢުލީމު ފޯރުކޮށްދޭ ރާއްޖޭގެ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އޮސްޓްރޭލިއާ، ޔޫކޭ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކާއި މަތީތަޢުލީމު ފޯރުކޮށްދޭ ބައެއް ފަރާތްތަކުން ވެސް ވަނީ މިއެކްސްޕޯގައި ބައިވެރިވެފައެވެ.

