އިރާނުން އިސްރާއީލަށް ރޭ ވަރުގަދަ ރައްދު ހަމަލާތަކެއް ދީފިއެވެ.
އިރާނުން ދިން ހަމަލާތަކުގައި އިސްރާއީލުގެ އެކަކު މަރުވެ، 60 އަށްވުރެ ގިން މީހުނަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.
އިސްރާއިލުން އީރާނަށް ދިން މިސައިލް ހަމަލާތަކުގައި އީރާންގެ ސިފައިންގެ އިސްވެރިންތަކަކާއި އާންމުންވެސް ވަނީ މަރުވެފަ އެވެ. އެއާއެކު އިއްޔެ ވަނީ އިރާނުން އިސްވެ ހަމަލާ ނުދޭކަން ދުނިޔެއަށް އެނގިގެން ހިނގައްޖެ ކަމަށާއި، ނަމަވެސް ބަދަލުހިފާނެ ކަމަށް ބުނެފައެވެ.
ވަރުގަދަ ރައްދެއް ދިނުމުގެ ގޮތުން، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ވަނީ ސަތޭކައެއްހާ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިޒްރޭލަށް ވަނީ ހަމަލާދޭން ފަށާފައެވެ.
އިރާނުން ދެވަނަ ބުރުގެ ހަމަލާތައް ރޭ ދަންވަރު ދީފައިވާއިރު އެ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލަށް ވަނީ އުނދަގޫތަކާ ކުރިމަތިވެ ބައެއް މިސައިލުތައް އެ ގައުމަށް ވެއްޓިފައެވެ. އިސްރާއީލުގެ ނޫސްތަކުން ވަނީ އިރާނުން ރޭ ދަންވަރު ދިން ހަމަލާ އަމާޒުވެފައިވަނި އިސްރާއީލުގެ މިލިޓަރީ ހެޑްކުއާޓަރަށް ހަމަށް ރިޕޯޓުކޮށްފައެވެ.

