މިއަހަރު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރބިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ކަމާބެހޭ ތާރީޚީ މަޢުލޫމާތު އާންމުކުރުމާއި، އިތުރު ހަރަކާތްތަކާއި، އެގޮތުން އެހެންއަހަރުތަކެކޭވެސް އެއްގޮތަށް ޤައުމީ ދިފާއީ ބަރުން ކުރިއަށްގެންދާ ހަރަކާތްތަކާއި މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ފުޅަނދުބުރެއްވެސް އޮންނާނެ ކަަމަށެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފައެވެ.

