އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ޗާރލްސް III ގެ ރަސްމީ އުފަން ދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ޑޭވިޑް ލެމީ އަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އިނގިރޭސިވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަސްގެެފާނު ހިޒް މެޖެސްޓީ ކިންގް ޗާރލްްސް III ގެ ރަސްމީ އުފަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.
މިއަހަރުގެ ތެރޭގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފާހަގަ ކުރެވޭ ހިނދު، މި ފުރުޞަތުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކިންގް ޗާރލްސްއާއި ގުޅިގެން ގާތުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް ވެސް މެސެޖުގައިވެއެވެ.
ވަޒީރު ވިދާޅުވީ އެ މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް ފުރުޞަތުގެ ބޭނުންކުރާ ކަމަށެވެ.

