ޔަަމަނުގެ ހޫތިން އިޒްރޭލަށް އަނެއްކާވެސް ޙަމަލާ ދޭން ފަށައިފިއެވެ.
އިއްޔެވެސް ހޫތީން އިޒްރޭލަށް ހަަމަލާދީފައިވާއިރު، މި ހަމަލާތައް ދީފައިމިވަނީ އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުން ބިންގަރާސްތަކަށް ވަނުމަށް އެންގިތާ ގިނަ އިރުތަކެއް ނުވަނީސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޫތީން ވަނީ އަންގާރަ ދުވަހުވެސް ދެ މިސައިލް ފޮނުވާލާފައެެވެ.
އީރާނުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުން 8 މީހަކު ވަނީ މަރުވެފައެވެ. އީރާނުން އިޒްރޭލަށް ރޭ ފޮނުވާލި މިސައިލްތަކުގެ ތެރެއިން މިސައިލެއް އިޒްރޭލުގެ ހައިފާއަށްވެސް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

