އިޒްރޭލުގެ ޖާސޫސީ އިދާރާކަމުގައިވާ މޮސާޑްގެ ދެ އެޖެންޓުން އީރާނުން ހައްޔަރުކޮށްފިއެވެ.
ރިޕޯތްތައް ބުނާ ގޮތުގައި، އިރާނުގެ އަލްބޯޒް ޕްރޮވިންސުން މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ އީރާނުގެ ސިއްރުތައް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށް ރިޕޯޓްތައް ބުނާއިރު، މީހުން ހައްޔަރު ކުރީ ގޮވާ ތަކެއްޗާއި އިލެކްޓްރޯނިކް ވަސީލަތްތައް ތައްޔާރު ކުރަނިކޮށްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިރާނުން މީގެކުރިން ވަނީ މޮސާދްއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އެތައް ބަޔަކު ހައްޔަރުކޮށްފައެެވެ. އެގޮތުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސްއެޅުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް މަރުގެ އަދަބުވެސް ވަނީ ދީފައެވެ.
އިރާނުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މި ދެ މީހުންނާ މެދު އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިރާނުގެ ދަނީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކަށް ދެމުންނެވެ.

