ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ގުދުރަތީ ބޭސްތަކުގެ ތެރެއިން އޯބަތް، ރީނދޫ އަދި ފޮނިތޮށްޔަކީ ޞިއްޙަތަށް ވަރަށް ފައިދާހުރި ތަކެތިކަން ޒަމާނީ ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. މި ތިން ބާވަތް އެއްކޮށް ބޭނުންކުރުމުން ލިބޭ ފައިދާތައް އިތުރުވެ، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެއެވެ.
ހަޖަމުކުރުމަށް ލިބޭ ފައިދާ: އޯބަތާއި ފޮނިތޮށްޓަކީ ހަޖަމު ކުރުމަށް ވަރަށް ފައިދާހުރި ދެ ބާވަތެވެ. މި ދެ ބާވަތް ބޭނުންކުރުމުން ގޮހޮރު ފަދަ މައްސަލަތައް ކުޑަވެ، ބަނޑުގެ ޞިއްޙަތު ރަނގަޅުވެއެވެ. އަދި ހަޖަމު ނުވުމުގެ މައްސަލަތަކަށް ޙައްލު ލިބެއެވެ.
ހަށިގަނޑުގެ ރިހުން ކުޑަކުރުން: ރީނދުލާއި ފޮނިތޮށީގައި އެކުލެވޭ މާއްދާތަކަކީ ހަށިގަނޑުގެ ރިހުން ކުޑަކޮށްދޭ މާއްދާތަކެކެވެ. ޚާއްޞަކޮށް ކަށިތަކުގެ ރިހުމާއި، ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖެހޭ ރިހުންތައް ކުޑަކުރުމަށް މި ދެ ބާވަތް ވަރަށް ފައިދާ ކުރެއެވެ.
ހަކުރު ބަލީގެ ފަރުވާ: ފޮނިތޮށްޓާއި އޯބަތަކީ ހަކުރުބަލީގެ ފަރުވާއަށް ވަރަށް ފައިދާހުރި ދެ ބާވަތެވެ. މި ދެ ބާވަތް ބޭނުންކުރުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެ، އިންސިއުލިންގެ މަސައްކަތް ރަނގަޅުވެއެވެ.
އެންޓި-އޮކްސިޑެންޓްސް: މި ތިން ބާވަތުގައިވެސް އެކުލެވެނީ އެންޓި-އޮކްސިޑެންޓްސްގެ މިންވަރު ވަރަށް މަތީ މާއްދާތަކެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ.
މެޓަބޮލިޒަމް އިތުރުކުރުން: މި ތިން ބާވަތް އެއްކޮށް ބޭނުންކުރުމުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށް ފަސޭހަވެއެވެ. އަދި ހަކަތަ އުފެއްދުމުގެ ނިޒާމު ހަރުދަނާވެއެވެ.
ބޭނުންކުރާނެ ގޮތްތައް: މި ތިން ބާވަތް ބޭނުންކުރުމަށް އެކި ގޮތްތައް ވެއެވެ:
އޯބަތާއި ފޮނިތޮށްޓާއި ރީނދޫ، އެއްވަރަކަށް ގްރާމު ހަމަކޮށްފައި، މިކްސްޗަރުން ފުނޑުކޮށް ހިމުންކޮށްފައި ބަންދު ކުރެވޭ އެއްޗަކަށް އަޅާފަައި ބަހައްޓާށެވެ.
ހެނދުނު ހެނދުނާ ހުސްބަނޑާ ހޫނު ފެނާއެކު އެއްކޮށްފައިވާ 3 ބާވަތުގެ މިކްސް 2 ސަމުސަލެއް ވަރު އަޅައި އެއްކޮށްލާށެވެ.
ފޮނިތޮށި، އޯބަތް އަދި ރީނދުލުގެ ސަމުސަލެއް އަޅައިގެން ސައިތަށްޓެއް ވެސް ތައްޔާރުކުރެވިދާނެއެވެ،
ކެއްކުމުގައި މި ތިން ބާވަތް ބޭނުންކުރެވިދާނެ އެވެ.

ރީނދޫ އަދި ފޮނިތޮށިީގެ ސައި؛ ހާދަގިނަ ސިއްހީ ފައިދާތަކެއް ލިބިދޭ ބުއިމެކޭ
ސަމާލުވާންވީ ކަންތައްތައް: މި ތިން ބާވަތް ބޭނުންކުރުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ:
- މިންވަރު ބެލެހެއްޓުން މުހިންމެވެ. ގިނަ މިންވަރަށް ބޭނުންކުރުމުން ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވެއެވެ.
- ފޮނިތޮށީގެ ބާވަތްތަކުގެ ތެރެއިން ސިލޯނު ފޮނިތޮށްޓަކީ އެންމެ ވަހާއި ރަހަ ރަނގަޅު ވައްތަރެވެ.
- ހަކުރު ބަލީގެ ބޭސް ބޭނުންކުރާ ފަރާތްތަކުން ޑޮކްޓަރެއްގެ ލަފާގެ މަތިން މި ތަކެތި ބޭނުން ކުރުން މުހިންމެވެ.
އޯބަތް، ރީނދޫ އަދި ފޮނިތޮށްޓަކީ ޞިއްޙަތަށް ވަރަށް ފައިދާހުރި ތިން ބާވަތެވެ. ނަމަވެސް މި ތަކެތި ބޭނުންކުރުމުގައި މިންވަރު ބެލެހެއްޓުމާއި، ބޭނުންކުރާނެ ރަނގަޅު ގޮތްތައް ދެނެގަތުން މުހިންމެވެ. އަދި ޚާއްޞަ ޞިއްޙީ ޙާލަތެއް ހުރި ފަރާތްތަކުން ޞިއްޙީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
އޯބަތް، ރީނދޫ އަދި ފޮނިތޮށި ސައި އަދި ކިރު ތައްޔާރުކުރާނެ ގޮތް
1. ތަކެތި ތައްޔާރުކުރުން: އޯބަތުގެ އޮށް ނުވަތަ ޕައުޑަރު ބޭނުންކުރެވިދާނެއެވެ. އޮށް ބޭނުންކުރާނަމަ، 10-15 މިނެޓު ވަންދެން ހޫނު ފެނުގައި ބާއްވައިގެން މަޑު ކުރެވިދާނެއެވެ.
2. ތެއްޔެއްގައި ފެނާއެކު ފޮނިތޮށްޓާއި، އޯބަތުގެ އޮށް (ނުވަތަ ޕައުޑަރު) އަދި ރީނދޫ ޕައުޑަރު އަޅާށެވެ. ބޭނުންނަމަ މާމުއިވެސް އެއަށް އިތުރުކުރެވިދާނެއެވެ.
3. މިކްސްޗަރ ކައްކަން ފަށާށެވެ. ކެކެން ފެށުމުން ގިނި މަޑުކޮށް، 5-10 މިނެޓު ވަންދެން ކައްކާށެވެ. ބޮޑަށް ރަހަ ބޭނުންނަމަ އިތުރަށް ކެއްކިދާނެއެވެ.
4. ހޫނުކޮށް ބޭނުން ކުރުން ރަނގަޅެވެ.
އޯބަތް، ރީނދޫ އަދި ފޮނިތޮށި ކިރު ތައްޔާރުކުރާނެ ގޮތް:
1. ކިރު ތައްޔާރުކުރުން:
ތެއްޔެއްގައި އަލްމަންޑް ކިރު (ނުވަތަ އެހެން ކިރެއްވިޔަސް) ހޫނުކުރަން ފަށާށެވެ.
2. ކިރަށް ރީނދޫ ޕައުޑަރު، އޯބަތުގެ އޮށް (ނުވަތަ ޕައުޑަރު) އަދި ފޮނިތޮށި ޕައުޑަރު އަޅައި ރަނގަޅަށް ކައްކާށެވެ.
3. އުނދުނުގެ ގިނި މަޑުކޮށް، 5-7 މިނެޓު ވަންދެން ކައްކާށެވެ. މިއީ ހުރިހާ ރަހައެއް އެއްވަންދެން ކައްކާށެވެ.
4. ބޭނުންނަމަ މާމުއި އަޅައިގެން ފޮނި ކޮށްލެވިދާނެއެވެ.

