އިރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ތެރެއިން ރޭ ފަތިހު ދިން ހަމަލާތަކުގައި އިސްރާއީލުގެ ތިން މީހަކު މަރާލައި ކަރަންޓް ވިއުގަ އަށް ބޮޑެތި ގެއްލުންތަކެއްދީފިއެވެ.
އަލްޖަޒީރާ އިން ބުނީ ރޭ އަދި މިއަދު ހެދުނު ދެމުން ގެންދާ ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާ ކަން ޔަގީންވެފައިވާ ކަމަށާއި، އިތުރު 60 މީހަކު ޒަހަމްވެ ތިން މީހަކު ގެއްލިފައިވާ ކަމަށެވެ.
އިސްރާއީލާއި އީރާނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި އީރާނުން އަންނަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ވަކި ސަރަހައްދަކަށް އަމާޒުނުކޮށް ދެމުން އަންނަ ހަމަލާތައް އިސްރާއީލުގެ މީހުން ހީ ނުކުރާ ތަންތަނަށް އަމާޒުވަމުން އަންނައިރު، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމަށް އަންނަނީ ހަމަލާތައް ކޮންޓްރޯލްނުއެވެ.
މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ޙަމަލާދީ އެ ޤައުމުގެ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އެއާއެކު އީރާނުން ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ.
ދެ ފަރާތުން ބަދަލު ކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 128 ރައްޔިތުން ޝަހީދު ވެފައިވާއިރު 500 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި އިސްރާއީލުގެ 14 މީހުން މަރުވެ 500 މީހުން ވަނީ ޒަޚަމްވެފައެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ އިސްރާއީލުގެ 44 ޑްރޯން ވައްޓާލައިފައެވެ. އަދި އިސްރާއީލުން ވަނީ އީރާނުން ދޭ ޙަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ ޝާއިޢު ކުރުން މަނާ ކޮށްފައެވެ.

