ޕެރޫއަށް ބާރުގަދަ ބިންހެލުމެއް އައިސް، އެކަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
ޕެރޫއަށް އަށް އައި މި ބިންހެލުން އައިސްފައިވަނީ 6.1 މެގްނިޓިއުޑް ބާރުމިނުގައި، ލީމާ ކައިރީގައި އޮންނަ ބަނދަރު ސިޓީއެއް ކަމަށްވާ ކަލާއޯއާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރަށެވެ.
މި ހާދިސާ އާއި ގުޅިގެން އެކަކު މަރުވެފައިވާއިރު، އޭނާ މަރުވެފައިވަނީ އޭނާގެ ކާރު މައްޗަށް ފާރެއް ވެއްޓިގެން ކަމަށް ނޭޝަނަލް ޕޮލިސް އިން ރިޕޯޓްކޮށްފި އެވެ.
އަދި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ލިބިފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާއިރު، ބިންހެލުމުގެ ސަބަބުން ވެރިރަށުގެ އެކި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

