މަސްތުވާތަކެތި ވިއްކުމުގެ މައްސަލައެއްގައި ރ. އިނގުރައިދޫ އިން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 2689، އުމުރުން 62 އަހަރުގެ އަލީ ޝަރީފެވެ.
ފުލުހުން ބުނެފައިވަނީ އަލީ ޝަރީފު ހައްޔަރުކޮށްފައިވަނީ ރަށު ތެރޭގައި ޑްރަގް ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އިއްޔެ އިނގުރައިދޫގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަލީ ޝަރީފު ހައްރުކޮށްފައިވާއިރު، އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
އައީ ޝަރީފުގެ ބަންދާމެދު ގޮތެއް ނިންމުނަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްފައެވެ.

