ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އަތޮޅު ކައުންސިލުން މިކަމަށް ކުރި އިޢުލާނުގެ މުއްދަތު 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަނީ އިތުރުކޮށްފައެވެ.
ވ. އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކެމެރާ ހަރުކުރަނީ އެ ކައުންސިލްގެ ހަރަދުގައެވެ. އަދި ވ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިޖްތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ވަނީ ހާމަކޮށްފައެވެ،
ވ.އަތޮޅުގައި މީހުން ދިރިއުޅޭ އޮންނަނީ ފަސް ރަށެވެ. އެއީ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދުއެވެ.
މިމަޝްރޫއުގެ ދަށުން އެންމެ ގިނަ ކެމެރާ ހަރުކުރާނީ ފުލިދޫގައި ކަމަށްވާއިރު އެއީ 24 ކެމެރާއެވެ. ދެން ކެޔޮދުއާއި ފެލިދޫގައި ހަރުކުރަން ނިންމާފައިވަނީ ކޮންމެ ރަށެއްގައި 16 ކެމެރާއެވެ. ތިނަދޫގައި 12 ކެމެރާ އަދި ރަކީދޫގައި 8 ކެމެރާ ހަރުކުރުމަށް ވަނީ ނިންމާފައެެވެ.
ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅެވެ.

