ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު އިޢުލާނުކޮށްފައިވާ ގޮތުގައި، އެ ޕާޓީގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފިއެވެ.
ޕީއެންސީން މިއަދު ނެރުނު ސޯޝަލްމީޑިއާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައި ޕީއެންސީގެ މައި އޮފީސް ކަމުގައިވާ ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ) ގައެވެ.
މި ޖަލްސާއަށް އެ ޕާޓީގެ އެންމެހައި މެމްބަރުންނާއި ތާއީދުކުރާ ފަރާތްތަކާއި ހެޔޮއެދޭ ފަރާތްތަކަށް ދަޢުވަތު ދީފައިވާ ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

މިރޭ ބާއްވާ ހަރުގެ ޖަލްސާގެ ދައުވަތު
ޕީއެންސީ އިން މިރޭގެ ޖަލްސާގައި މަޝްވަރާކުރާނެ ކަންތައްތަކާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

