ސިއްޙީ ވުޒާރާއަށް ޕާމަނެންޓް ސެކެޓްރީއަކު ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އެ އިއުލާން ކޮށްފައިވަނީ މި އަހަރު އޮގަސްޓްމަހުގައި އެ މަގާމު ހުސްވާތީއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ އެ އިއުލާނުގައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ. މީގެއިތުރުން އަދި ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނެ ޖެހޭނެ ކަމަށެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 15،000.00 ދިވެހި ރުފިޔާ ވެސް ލިބިގެންދެއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުހެ ހަ ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ފޯމްއާއި ލިޔުންތައް މެއިލް ކުރުމަށެވެ.

