ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ދަތުރުފުޅަކީ 6 ވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމްއާއި 9 ވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ގޮތުން ފޯރަމާއި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ މި ދަތުރުފުޅަށް ޚަރަދުކުރައްވަނީ ޗައިނާއިންނެވެ.
ސައުތު އޭޝިއާ ޗައިނާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 17ން 21އަށް ޗައިނާގެ ކުންމިންގައެވެ.

