އަނެއްކާވެސް އީރާނުގެ ސިފައިންގެ ވެރިއެއް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނެފިއެވެ.
އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ހަމަލާއެއްގައި ޚަތަމް އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ވެރިޔާ، އަދި އީރާނުގެ އެންމެ ސީނިއަރ އަސްކަރީ ކޮމާންޑަރު އަލީ ޝަދްމާނީ ވަނީ އަވަހާރަކޮށްލައިފައެވެ. ނަމަވެސް، އީރާނުން މި ހަބަރާއި ގުޅިގެން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
ޝަދްމާނީ އަކީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީއާ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި އިޒްރޭލުން ސިފަކޮށްފައިވާއިރު، ޝަދްމާނީ މި މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ދިނަ ހަމަލާއެއްގައި ޚަތަމް އަލް އަންބިއްޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ކުރީގެ ކޮމާންޑަރު ޣޫލާމް އަލީ ރަޝީދު އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

