މާލެއިން ގެއްލިގެން އުޅޭ 18 އަހަރުގެ ޒުވާން އަންހެނަކު ހޯދަން ފަށައިފިއެވެ.
ޢާއިޝަތު ލަމްޔާ ނަމަކަށް ކިޔާ މި ޅަޒުވާނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ރޭ 9:30 ހާއިރު މައްޗަންގޯޅި ސަހަރާ ކަންމަތީ ދިލްބަހާރުމަގުންނެވެ.
އާއިލާއިން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ލަމްޔާ ގެއިން ނުކުމެފައިވަނީ ރޭ 8:30 ހާއިރުއެވެ. ގެއިން ނުކުތްއިރު އޭނާ ލައިގެން ހުރީ ކަޅު ޖީންސްއަކާއި ހުދު ޓީޝާޓެކެވެ. އަދި އަޅައިގެން ހުރީ ކަޅު ޝޯލްއެއް ކަމަށާއި، އަރައިގެން ހުރީ ހުދު ފައިވާނެއް ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކޮށް، ލަމްޔާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ލަމްޔާ ފެނިއްޖެނަމަ ނުވަތަ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 9661230 ނުވަތަ 9959907 ނަންބަރާ ގުޅުމަށް އެދިފައިވެއެވެ.

Screenshot

