ކެނެޑާގެ އެންމެ ހުތުރު ބަދުނާމަކުން މަޝްހޫރު ވެފައިވާ "ޓޯސޯ މަރޑަރަރ"މެނިޓޯބާގެ ހިޔަލަށް ވަދެ ގެއްލުނު ގޮތް، (ޓޯސޯހ އަކީ އިންސާނާގެ ކަރުން ފެށިގެން ތިރިއަށް އުނަގަނޑާ ދެމެދުގެ ބައި، މިބައިގަ ހިމެނެނީ އިންސާނާގެ އެންމެ މުހިންމު ގުނަވަންތައް ކަމަށްވާ ހިތާއި މެއާއި ފުއްޕާމޭ، ޗިސްމޭ، ގޮހޮރު، މައިބަދަ ފަދަ ބައިތައް، އެހެންކަމުން ޓޯސޯހ މަރޑަރަރ އަކީ އިންސާނާގެ މައި ގުނަވަންތައް ކޮށައި ވަކިކޮށް އަނިޔާވެރިކޮށް ގަަތުލުކުރާ މީހުން މާނަކޮށްދޭ ބަހެކެވެ.)
ކެނެޑާގެ ޖިނާއީ ތާރީޚުގައި އެންމެ ހުތުރުވެގެންވާފަދަ ބަދުނާމަކުން މަޝްހޫރުވެފައިވާ، އެންމެ ރަހުމްކުޑަ ގާތިލުގެ ގޮތުގައި އެނގިފައިވާ އެވެލިން ޑިކްގެ ވާހަކައަކީ މިއަދުވެސް ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކައެކެވެ. 20 ވަނަ ގަރުނުގެ މެދުތެރޭގައި މުޅި ގައުމު ހައިރާންކުރުވި މަރުގެ މައްސަލަ، ކެނެޑާގެ އޮންޓާރިއޯ ސަރަހައްދުގައި 1940 ގެ އަހަރުތަކުގައި ހިނގި ނުރައްކާތެރި މަރުގެ މައްސަލައިގެ ވާހަކަ މިއަދާ ހަމައަށްވެސް ގިނަ ބަޔަކު ދައްކަނީ އެއީ ހަނދާން ނެތޭފަދަ ހާދިސާއަކަށ ނުވާތީއެވެ. އެ މަރާ ގުޅިގެން އޭނާގެ ނަން މަޝްހޫރުވެފައިވާއިރު، އެވެލިން ޑިކްގެ ވާހަކައަކީ ހައިރާންކުރުވަނިވި ލަދުހުތުރު ހާދިސާތަކާއި ލަދުހަޔާތެއް ނެތް، ދުނިޔެމަތީގައި ޝައިތާނަކަށް ގޮވާފަދަ ކަންކަން ގުޅިލާމެހިފައިވާ ވާހަކައެކެވެ. އެވެލިން ޑިކް އަކީ ރީތި އަދި މަޝްހޫރު އަންހެނެއްގެ ގޮތުގައި އޭރު ބެލެވުނު ނަމަވެސް، ފަހުން އޭނާ މަޝްހޫރުވީ "ޓޯސޯ ކިލަރ" ގެ ނަމުންނެވެ.
1920 ވަނަ އަހަރު އޮކްޓޯބަރ 13 ވަނަ ދުވަހު ބީމްސްވިލް، އޮންޓާރިއޯގައި ދުނިޔެއަށް އުފަންވި އެވެލިން މެކްލީން ނުވަތަ ފަހުން އެވެލިން ޑިކްގެ ބައްޕައާއި މަންމައަކީ ސްކޮޓްލެންޑުން ކެނެޑާއަށް ހިޖުރަކުރި ޑޮނަލްޑް އަދި އެލެގްޒެންޑްރާ މެކްލީން ނަމަކަށް ކިޔާ ދެމަފިރިންނެވެ. އެވެލިންގެ ބައްޕައަކީ ބަނގުރާއަށް ދެވިހިފާފައިވާ، އަނިޔާވެރި މީހެކެވެ. އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ހެމިލްޓަން ސްޓްރީޓް ރެއިލްވޭގައި "ސްޓްރީޓް ކާރު" މަގުމަތީރޭލު، ދުއްވާ މީހެއްގެ ގޮތުގައެވެ.
އެވެލިން ސްކޮޓްލެންޑުން ހިޖުރަކުރީ މައިންބަފައިންނާއެކު ކަމަށްވިޔަސް، ހެމިލްޓަންގައި ދިރިއުޅެމުން ދިޔައީ އެ އުމުރުގެ ޒުވާން ވަމުން އަންނަ އަންހެންކުއްޖަކަށް ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އޭނާގެ ރީތިކަމުގެ ބޭނުން ހިފައިގެން މުއްސަނދި ފިރިހެނުންގެ އަތުން އަގުބޮޑު ހަދިޔާތައް ހޯދުމަށް އޭނާގެ މަންމަ ބާރުއަޅަމުން ދިޔައެވެ. މަންމަގެ މަޖުބޫރު ކުރުމާއި އަނިިޔާއަށް ބިރުން އެ އަނދިރި ހަޔާތަށް ފިޔަވަޅު އެޅި އެވްލީން އަށް ދުނިޔެއިން ދަސްވީ އަނިޔާވެރިވާށެވެ. އަނިޔާ ލިބިގެން ވޭނުގައި އުޅުމަށް އޭނާ ކެތްކުރާކަށް ބޭނުން ނުވިއެވެ. އޭގެ ބަދަލުގައި އެވްލިން ވީ އޭނާގެ ރީތިކަމުގެ ފައިދާ އެންމެ ނުބައި ކޮށް ބޭނުންކޮށް ދުނިޔެއިން އޭނާގެ މަންމައާ އެވެލިންގެ ލޯބިވެރިންގެ ތެރޭގައި ހެމިލްޓަންގެ ގިނަ މުއްސަނދިންނާއި ފާހަގަކޮށްލެވޭ މީހުން ހިމެނެއެވެ.

1920 ވަނަ އަހަރު އޮކްޓޯބަރ 13 ވަނަ ދުވަހު ބީމްސްވިލް، އޮންޓާރިއޯގައި ދުނިޔެއަށް އުފަންވި އެވެލިން މެކްލީން ނުވަތަ ފަހުން އެވެލިން ޑި
24 އަހަރުގެ އުމުރުގައި އެވެލިން، 1945 ގެ އޮކްޓޯބަރުގައި، 39 އަހަރުގެ ޖޯން ޑިކްއާ ކައިވެނިކުރިއެވެ. ޖޯން ޑިކްއަކީ ރަޝިއަން އިންޤިލާބުން ސަލާމަތްވުމަށް ކެނެޑާއަށް ހިޖުރަކުރި މެނޮނައިޓް އާއިލާއަކުން އައި މީހެކެވެ. ކައިވެނިކުރި ތާ ދުވަސްކޮޅެއްގެ ތެރޭގައި އެވެލިން، އޭނާގެ ކުރީގެ ލޯބިވެރިޔެއް ކަމަށްވާ ބިލް ބޮހޮޒުކްއާއެކު ގުޅުން ބަދަހިކޮށް، ޖޯންއާ ވަރިވިއެވެ. އޭގެ ތިން މަސް ފަހުން ޖޯން ގެއްލުނެވެ.
ހައިރާން ކުރުވަނިވި ހޯދުންތައް
1946 ގެ މާރޗް މަހުގެ ފުރަތަމަ ހަފްތާގައި ޖޯން ޑިކް ގެއްލުނެވެ. އޭނާ އެންމެ ފަހުން ފެނިފަިއވަނީ 6 މާރޗު މަހުގެ ދުވަހެއްގައި ހެމިލްޓަންގެ ރެސްޓޯރަންޓެއް ތެރެއިންނެވެ. ޖޯން ގެއްލިގެން ހޯދަމުންދަނިކޮށް، 1946 ވަނަ އަހަރުގެ މާރިޗު 16 ވަނަ ދުވަހު އޮންޓޭރިއޯގެ ހެމިލްޓަން ސިޓީ ކައިރީގައިވާ ހެމިލްޓަން މައުންޓެއިންގައި ކުޅެން އުޅުނު ކުދިންތަކަކަށް އަތާއި ފައި ގެ އިތުރުން، ބޯ ވަކިކޮށްފައިވާ ހަށިގަނޑެއް ފެނުނެވެ. ފަހުން އެނގުނު ގޮތުގައި އެއީ ޖޯންގެ ހަށިގަނޑެވެ. ޖޯންގެ ބޮލާއި އަތްފައި ކޮށާލުމަށްފަހު އެވެލިންގެ ގޭގައި އަލިފާންގަނޑަކަށް އަޅައި އަންދާލާފައިވާ ކަން ހެކިތަކުން ދައްކައެވެ. މި މައްސަލައިގައި އެވެލިން، އޭނާގެ ބައްޕަ އަދި އޭނާގެ އޭރުގެ ލޯބިވެރިޔާ ބިލް ބޮހޮޒުކް ހައްޔަރުކުރެވުނެވެ.
1946 ގައި ހިނގި ޝަރީއަތުގައި އެވެލިންގެ ޖިންސީ ގުޅުންތަކުގެ ރެކޯޑު ހިމެނޭ ކަޅު ފޮތެއް ހާމަވުމާއެކު، މި މައްސަލައަށް އިތުރު ސަމާލުކަމެއް ލިބުނެވެ. އެވެލިން އަމިއްލައަށް ބުނާގޮތުން އޭނާ 150 އަށްވުރެ ގިނަ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގާފައިވެއެވެ. ފުރަތަމަ ޝަރީއަތުން އެވެލިންއަށް މަރުގެ ޙުކުމް އިއްވުނު ނަމަވެސް، އިސްތިއުނާފު މަރުހަލާގައި އޭނާ ދޫކޮށްލެވުނެވެ.
އިތުރު ސިއްރުތައް ހާމަވުން؛ ދަރިފުޅު އޮތީ ރާނާފައި ހުރި ސޫޓުކޭހެއްގެ ތެރޭގައި،
މައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮށް، އެވެލިންގެ ގޭގެ މަތިގެ ނުވަތަ އެޓިކް ބައިން (ގުދަން ސާމާނުލާން ހުންނަ މަތިގެ) އިން ސިމެންތި އަޅައި ރާނާފައި ހުރި ތަނެއް ބަލައިލިއިރު އެއީ ރާނާފައި ހުރި ސޫޓުކޭހެއް ފެނުނެވެ. އެ ސޫޓްކޭހުގައި އަނގުނުތަކާއި ގުނަންތައް ބިންދައި މަރާލާފައި އޮތީ އެވެލިންގެ ތިން ދަރިންގެ ތެރެއިން އެއް ދަރިފުޅު ކަމަށްވާ ޕީޓަރ ޑޭވިޑް ވައިޓްގެ ހަށިގަނޑުކަން ފަހުން ކަށަވަރުވިއެވެ. މި ހޯދުމާ ގުޅިގެން އެވެލިންގެ މައްޗަށް ދެވަނަ މަރުގެ މައްސަލައެއް ހުށަހެޅުނެވެ.
އެވެލިން ޑިކްގެ މައްސަލައިގެ އިތުރު ތަފްސީލްތައް: ދެވަނަ މަރުގެ ޝަރީޢަތުން މިނިވަންކަމަށް
އެވެލިން ޑިކްގެ ތިން ދަރިންގެ ބައްޕައަކީ ކާކުކަން ވަންހަނާ ކުރުމަށްޓަކައި، "ނޯމަން ވައިޓް" ގެ ނަމެއް ހަދައި ހިޔާލީ ވާހަކައެއް އޭނާ ދައްކާފައިވެއެވެ. އޭނާގެ ދަރިންނަކީ ޕީޓަރ ޑޭވިޑް ވައިޓް، ހެދަރ މެރިއާ ވައިޓް އަދި އެއް އަންހެންކުއްޖަކު ވަނީ ދުނިޔެއަށް އައުމުގެ ކުރިން މަރުވެފައެވެ.
އެވްލީންގެ ދުނިޔޭގައި އޭރު ހުރި އަންހެންދަރިފުޅުގެ ސުވާލަކީ "އޭ މަންމާ .. އެހެން ކަންތައް ކުރީ ކީއްވެ؟" އަދި އެސުވާލަށް ދުވަހަކުވެސް ޖަވާބެއް ލިބިފައެއްނުވެއެވެ.
1947 ގައި ފެށުނު ދެވަނަ މަރުގެ މައްސަލައިގައި، އާދެ ދަރިފުޅުގެ މައްސަލައިގައި އެވެލިންއަށް އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެވުނެވެ. ނަމަވެސް 1958 ގައި، އެންމެ 11 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު އޭނާ ދޫކޮށްލެވުނެވެ. އޭގެ ފަހުން އައު ދިރިއުޅުމަކާއި އައު ނަމެއްގައި އައު އައިޑެންޓިޓީއެއްގައި އުޅެން ފަށާފައި އެވެލިން އާންމުންގެ ތެރެއިން ވީނުވީ ތަނެއް ނޭނގި ގެއްލުނެވެ. 1985 ގައި އޭނާއަށް މަޢާފު ދެވުމާއެކު، އޭނާގެ މައްސަލައިގެ ފައިލް އަބަދަށް ބަންދުކުރެވުނެވެ. ޖޯން ޑިކް މަރާލި މައްސަލަ މިއަދާ ހަމައަށް ވެސް އޮތީ ފުރިހަމަ ނުވެ އޮތް ކޭސްއެއްގެ ގޮތުގައެވެ.

އެވްލީންގެ ދުނިޔޭގައި އޭރު ހުރި އަންހެންދަރިފުޅު، އޭނާގެ ސުވާލަކީ، އޭ މަންމާ .. އެހެން ކަންތައް ކުރީ ކީއްވެ؟
މީޑިއާގެ ސަމާލުކަން
އެވެލިން ޑިކްގެ މައްސަލައަކީ ކެނެޑާގެ މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅޭގޮތުން ގިނަ ލިޔުންތަކާއި، ޑްރާމާތަކާއި، ޓީވީ ޕްރޮގްރާމްތައް އުފެއްދިފައިވެއެވެ. 2002 ވަނަ އަހަރު އުފެއްދި ޓީވީ ފިލްމެއްގައި ހުށަހަޅާފައިވާ ގޮތުގައި، އެވެލިންގެ މައިންބަފައިންވެސް މި މަރުތަކުގައި ބައިވެރިވެފައި ވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
މި މައްސަލައިގެ ތަޙްޤީޤުތަކުން ދައްކާގޮތުގައި، އެވެލިންއަކީ އޭނާގެ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބި، މައިންބަފައިންގެ ފަރާތުން އިޖްތިމާޢީ އަދި މާލީ މަންފާއަށް ބޭނުންކުރެވިފައިވާ މީހެކެވެ. މިއަދާ ހަމައަށްވެސް މި މައްސަލައަކީ ކެނެޑާގެ ޖިނާއީ ތާރީޚުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މި މައްސަލައިގެ ސަބަބުން ހެމިލްޓަން ސިޓީގެ ނަން ވެސް މަޝްހޫރުވެގެން ދިޔައެވެ. އަދި މިއަދާ ހަމައަށް ވެސް ހެމިލްޓަންގެ ފަތުރުވެރިކަމުގެ ދާއިރާގައި އެވެލިން ޑިކްގެ މައްސަލައަކީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގިނަ ފަތުރުވެރިން މި މައްސަލައާ ގުޅުން ހުރި ތަންތަން ބަލާލުމަށް ހެމިލްޓަނަށް ޒިޔާރަތްކުރެއެވެ.

1920 ވަނަ އަހަރު އޮކްޓޯބަރ 13 ވަނަ ދުވަހު ބީމްސްވިލް، އޮންޓާރިއޯގައި ދުނިޔެއަށް އުފަންވި އެވެލިން މެކްލީން ނުވަތަ ފަހުން އެވެލިން ޑި
މިއަދުވެސް އެވްލީންގެ ވާހަކަ ކެނެޑާގައި މަޝްހޫރު، ސަބަބުތައް ގިނަ!
އެވެލިން ޑިކްގެ މައްސަލައަކީ ކެނެޑާގެ ތާރީޚުގައި އެންމެ ބޮޑަށް ވާހަކަ ދެކެވުނު މަރުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މިއަދާ ހަމައަށް ވެސް މި މައްސަލައާ ގުޅޭ ގޮތުން އާ މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. އަދި މި މައްސަލައަކީ ކެނެޑާގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚުގައި މުހިންމު ބާބެއްގެ ގޮތުގައި ފާހަގަކުރެވޭ މައްސަލައެކެވެ. އެހެނީ އެވެލިން ޑިކްގެ މައްސަލައިގެ ސަބަބުން ކެނެޑާގެ ޤާނޫނީ ނިޒާމަށް ވެސް ބަދަލުތަކެއް އައިސްފައިވާތީއެވެ. ޚާއްޞަކޮށް ޖިނާއީ މައްސަލަތަކުގައި ހެކި ހުށަހެޅުމާއި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެވުނެވެ. ހަމައެހެންމެ މި މައްސަލައިގެ ސަބަބުން އެ ދުވަސްވަރު އޮތް އިޖުތިމާޢީ އަދި ޘަޤާފީ މައްސަލަތަކެއް ހާމަވެގެން ދިޔައެވެ. އަދި އޭރުގެ މީޑިއާގެ ޚަބަރު ގެނެސްދިނުމުގެ އުސްލޫބުވެސް ސުވާލު އުފެދޭ ގޮތަށް ބަދަލުވެގެން ދިޔައެވެ.
މިއަދު އެވެލިން ޑިކްގެ ވާހަކައަކީ ފޮތްތަކާއި ޑޮކިއުމެންޓަރީތަކާއި އަދި އެހެނިހެން ގޮތްގޮތަށް ބަޔާންކުރެވިފައިވާ ވާހަކައެކެވެ. އޭނާގެ ދިރިއުޅުމުގެ ވާހަކައަކީ ހިތާމައާއި، އެތަކެއް ހާދިސާތަކާއި އަދި އަލުން ފެށުމުގެ ވާހަކައެކެވެ. އަދި މެނިޓޯބާގައި އެވްލީން ޑިކް އައު ނަމެއްގައި އައު އައިޑެންޓިޓީ އެއްގައި ދިރިއުޅެން ފަށައި ވީނުވީ ތަނެއް ނޭނގި މީހުންގެ ތެރެއަށް ގެއްލިގެން ދިޔަ ގޮތަކީ އަދި އަދަށް ދާނދެންވެސް މީހުންގެ މެދުގައި ދެކެވޭ ވާހަކަައެކެވެ.
އެވެލިން ޑިކްގެ މައްސަލައާ ގުޅޭގޮތުން މިއަދުވެސް ގިނަ ބަޔަކު ޝައުޤުވެރިވާއިރު، އޭނާގެ އަސްލު ދިރިއުޅުމަކީ އަދިވެސް ގިނަ ބަޔަކަށް އޮޅުންއަރާ ކަމެކެވެ. އެހެންނަމަވެސް، އޭނާގެ މައްސަލައިން ދައްކުވައިދެނީ އޭރުގެ ޖިންސީ ތަފާތުކުރުންތަކާއި، ފޮރެންސިކް ޓެކްނޮލޮޖީގެ ގާބިލުކަމެއް ނެތްވަރާއި، އަދި މީޑިއާގެ ދައުރުގެ މުހިންމުކަމެވެ. މި މައްސަލައިގެ ތަފްޞީލުތައް އަދިވެސް ގިނަ ބަޔަކު ދިރާސާކުރަމުން ދާއިރު، އެވެލިން ޑިކްގެ ހަޔާތަކީ ކެނެޑާގެ ޖިނާއީ ތާރީޚުގައި ފާހަގަކޮށްލެވޭ ވާހަކައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެކެވެ. އަދި މިފަދަ މައްސަލަތަކުން ޤާނޫނީ ނިޒާމާއި އިޖުތިމާޢީ ނިޒާމު ހަރުދަނާކުރުމަށް ފިލާވަޅުތަކެއް ލިބިގެންދާނެއެވެ.
ހަމައެހެންމެ އެވެލިން ޑިކްގެ މައްސަލައަކީ އިންސާނީ ނަފްސުގެ އަނދިރި ކަންކޮޅުތަކާއި، މުޖުތަމައުގެ ފަސާދައިގެ ނުރައްކާތެރިކަން ދައްކުވައިދޭ އަނިޔާވެރި އަދި އެހާމެ ހިތާމަވެރި ހާދިސާއެކެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އިހްތިރާމްކުރުމާއެކު، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

