އޯބަތަކީ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ، ޚާއްޞަކޮށް ކިރުދޭ މައިންނަށް ވަރަށް ފައިދާ ހުރި ތަކެއްޗެވެ. މިއީ ގެލެކްޓަގޮގް (galactagogue) ނުވަތަ ބޭހެއްގެ ގޮތުގައި، ފަރުވާއެއްއެއްގެ ގޮތުގައި ބޭނުންކުރެވޭ، މައިމީހާގެ ގާތުންދޭ ކިރު އިތުރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ކިރުދޭ މައިންނަށް އޯބަތުގެ ފައިދާތައް: އޯބަތުގައި ވަނީ ފައިޓޯއެސްޓްރޮޖެން އަދި ޑައޮސްޖެނިން ފަދަ މާއްދާތަކެވެ. މި މާއްދާތަކަކީ ގާތުން އިތުރުކުރުމަށް އެހީތެރިވެދޭ މާއްދާތަކެވެ. އޯބަތް ބޭނުންކުރުމުން ހޯމޯން ތަކަށް އަސަރުކޮށް، ޕްރޮލެކްޓިން އަދި އޮކްސިޓޮސިން ފަދަ ހޯމޯންތަކުގެ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ގާތުން އިތުރުވެއެވެ.

އޯބަތުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި، މޭ އެންދުން ލުއިކޮށްދީ ބަރުދަން ލުއިކުރުމަށް އެހީވެދޭ… ފޮޓޯ ؛ މައިހެލްތީޓިޕްސް
އޯބަތުގައި ހުންނަ ފައިދާތައް ހަމައެކަނި ގާތުން އިތުރުކުރުމަކަށް ނޫނެވެ. މީގެ އިތުރުން:
ދެކުނު އޭޝިއާގެ ޤައުމުތަކުގައި އޯބަތަކީ ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމުގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ރިހާކުރާއި އަސާރަ ހެދުމުގައާއި ހަކީމީ ބޭސް ތައްޔާރުކުރުމުގައިވެސް އޯބަތް ބޭނުންކުރެއެވެ. ޚާއްޞަކޮށް ހަމުގެ ބަލިތަކަށް ބޭސް ތައްޔާރުކުރުމުގައި ބައެއް ޤައުމުތަކުން އޯބަތް ބޭނުންކުރެއެވެ. ރާއްޖޭގައި އެންމެ މަޝްހޫރު ދިވެހި ހަވާދު ހަނާކުރުމަށްވެސް އޯބަތް ހިމަނައެވެ.
މޭޒުމަތީ ސަމުސަލެއްގެ އޯބަތުގައި ހިމެނެނީ:
- 35 ކެލޮރީ
- 3 ގްރާމް ފައިބަރ
- 3 ގްރާމް ޕްރޮޓީން
- 6 ގްރާމް ކާބޯހައިޑްރޭޓްސް
- 0.1 ގްރާމް ފެޓްސް

އޯބަތުން ގާތުން ކިރުދޭ މައިންނަށް ވަރަށް ވެސް ފައިދާ ބޮޑު… ފޮޓޯ ؛ މައިހެލްތީޓިޕްސް
ދިރާސާތަކުންނާއި ސިއްހީ ލަފާދޭ މާހިރުންގެ ބުނުންތަކުގައި ވާގޮތުން، 77 މަންމައިންނަށް 14 ދުވަހުގެ މުއްދަތަށް ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، އޯބަތާއެކު ހާބަލް ޓީ ބޭނުންކުރި މައިންގެ ގާތުން ދިނުމަށް ކިރު އިތުރުވެފައިވެއެވެ.
އޯބަތް ބޭނުންކުރުމުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި:
ހަކުރު ބަލި ކޮންޓްރޯލް ކުރުން؛ ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުން 50 ގްރާމް އޯބަތް މެންދުރާއި ރޭގަނޑު ބޭނުންކުރުމުން 10 ދުވަސް ތެރޭގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެއެވެ. އަދި ހަކުރުބަލި ނެތް މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު 4 ގަޑިއިރު ތެރޭގައި 13.4 އިންސައްތަ ދަށްވެއެވެ.
ހަމަމިއާއެކު ބަރުދަން ލުއި ކުރުމަށް އެހީތެރިވެ ދިނުމާއެކު ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދެއެވެ.
އަދި މޭ އެންދުމުގެ މައްސަލަތަކަށް ލުޔެއް ލިއްބައިދޭމެއެވެ.

އޯބަތުގެ ސަޔަކީ ގާތުން ކިރުދޭ މައިންނަށް ވެސް އަދި އެހެން ގޮތްގޮތުންވެސް ސިއްހަތަށް ފައިދާބޮޑު ބުއިމެއް… ފޮޓޯ ؛ މައިހެލްތީޓިޕްސް
އޯބަތުގެ ސައި ތައްޔާރުކުރާނެ ގޮތް: އޯބަތުގެ ސައި ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަންނަނިވި ގޮތަށް ތައްޔާރުކުރެވިދާނެއެވެ:
- 1 ތަށި ފެނަށް 1 ސަމުސާ އޯބަތް އަޅާށެވެ. އޯބަތް ފެން ކައްކާށެވެ
- 5-10 މިނިޓު ވަންދެން މަޑު ގިނީގައި ރަހަ ނުކުންނަން ދެން ކައްކާށެވެ.
- ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ.ރަހައަށް ބޭނުންނަމަ މާމުއި އަދި ލުނބޯޖޫސް އެތިފޮދެއް ބޭނުން ކުރެވިދާނެއެވެ.
އޯބަތް ބޭނުންކުރުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ:

އޯބަތުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި،ހަކުރު ބަލި ކޮންޓްރޯލް ކުރުން ހިމެނޭ… ފޮޓޯ ؛ މައިހެލްތީޓިޕްސް
އޯބަތް ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. ދުވާލަކު 2-3 ތަށި އޯބަތުގެ ސައި ބުއިމުން އޭގެ އަސަރު ރަނގަޅަށް ކުރާނެއެވެ.
ބައެއް މީހުންނަށް އޯބަތުގެ ސަބަބުން ގޭސް އިތުރުވުން ނުވަތަ ބަނޑު ހިކުން އެކަށީގެންވެއެވެ.
އޯބަތަކީ ގާތުން ކިރުދޭ މައިންނަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ނަމަވެސް، މިއީ ގާތުން އިތުރުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ގޮތްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ކުއްޖާއަށް ރަނގަޅަށް ގާތުން ދިނުމާއި، ޕަންޕް ކުރުން ފަދަ ކަންކަމަކީ މުހިންމު ކަންކަމެވެ.
އޯބަތް ބޭނުންކުރަން ފެށުމުގެ ކުރިން ޞިއްޙީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

