ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތަކާ ޙަވާލުކުރުމަށް ނިންމައިފިއެވެ.
ވިލިމާލޭ ޒަމާންވީ މިސްކިތެއްކަމުގައިވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް، ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ މިސްކިތް ބިނާކުރުމަށް އެފަރާތާ ޙަވާލުކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެެވެ.
އަދި މި ބިނާ ކުރެވޭ އައު މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ބިނާކުރާ އައު މިސްކިތުގައި ޤުރުއާން ކިޔަވައިދޭ ކްލާސްތަކާއި ޢިލްމީ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭ ކްލާސްތައް ހިމެނޭގޮތަށްކަމަށް ބިނާ ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މަސްޖިދުއްސަލާމް ބިނާކުރުމަށް އެ ފަރާތާ ޙަވާލުކުރަން ނިންމާފައިވަނީ 2 އަހަރުތެރޭ މަސައްކަތް އެއްކޮށް ނިންމާ ޙަވާލުކުރާގޮތަށެވެ.

