ބ. ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގައި ބުނެފައިވަނީ، ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު” ފުރިހަމަކުރުމަށްފަހު، ކައުންސިލްގެ އީމެއިލް procurement@dhonfan.gov.mv އަށް ފޮނުވުމަށް ނުވަތަ އެ އިދާރާއަށް ދުރުވެ ފޯމު ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ބީލަމާ ގުޅޭ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކައުންސިލުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވާނީ 23 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 29 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ނަންބަރު 4005054 އަށް ގުޅުމަށް ނުވަތަ އީމެއިލް procurement@dhonfan.gov.mv މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

