ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. މާފަހިއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެކަމަނާގެ މި ދަތުރުފުޅަކީ ހއ. ހދ ގައި ދަނޑުވެރިކަން ކުރާ ބައެއްރަށްތަކަށް ޒިޔާރަތް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މިޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިނެވިއެވެ.
މި ޒިޔާރަތުގައި މާފަހީގެ ދަނޑުތައް ބައްލަވާލައްވަވައި، އެރަށުގައި މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވިއެވެ. އަދި އެރަށުގައި ދަނޑުވެރިކަމުގައި އިތުރަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެރަށުގައި ގާއިމްކޮށްފަިއވާ ލެބޯޓްރީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ.

