މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ” ބެލެނިވެރިންގެ ހޮޅުއަށި”ގެ ނަމުގައި ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަންގައި ގުޅުންތައް ދެނެގަތުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ރޭ 20:00 އިން 21:30 އަށް ހުޅުމާލެ ފޭސް 2، 8ވަނަ ޓަވަރުގައެވެ.
“ބެލެނިވެރިންގެ ހޮޅުއަށި”އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.
މިސެޝަންގައި ބައިވެރިވުމަށް ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކޮށްލެވޭނެއެވެ.

