ގއ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ގުރުއަތުލުން ކުލަގަދަ ރަސްމިއްޔާތަކާއިއެކު ބާއްވައިފިއެވެ.
ގެމަނަފުށީ ރަސްމީ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމްތައް ދައްކާލުމާއި ޓީމްތައް ތައާރަފް ކުރުން ކުރިއަށްދިޔައެވެ. އަދި މުބާރާތުގެ ރަސްމީ ލަވަ ވަނީ ތައާރަފްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، ނައިބް ރައީސާ ފާތިމަތު ސަމިއްޔަތު ވިދާޅުވީ ގެމަނަފުއްޓަކީ ކުޅިވަރުގެ ތާރީހެއް އޮތް ރަށެއްކަމަށާއި ވަކިން ހާއްސަކޮށް ވޮލީގައި ތަފާތު މޮޅު ކުޅުންތެރިން ތިބި ރަށެއްކަމަށެވެ. އަދި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބު ހޯދާފައިވާ ރަށެއް ކަމަަށެވެ. އެހެންކަމުން ކައުންސިލްގެ ވިސްނުމަކީ އަލުން އަނބުރާ އެފޯރި އަލުން ގެނައުން ކަމަށާއި، ހުވަދު އަތޮޅަށް ހާއްސަ އަދި ފުވައްމުލަކު ސިޓީއަށް ފުރުސަތު ދިނީ އެ މަގުސަދުގައި ކަމަށެވެ.
މީގެ އިތުރުން މި މުބާރާތް ވެގެން ދާނީ ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މުބާރާތަށް ވާނެ ކަމަށާއި، އެމަގުން ކައުންސިލް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
2 ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އަންހެން 5 ޓީމް އަދި ފިރިހެން 5 ޓީމް ވާދަކުރާނެއެވެ. މިއީ އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތަށް ވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކަށްވަނީ ރަށުން ބޭރުން ވަރުގަދަ ޓީމްތަކެއް ވާދަކުރާތީއެވެ.
މުބާރާތުގެ ފިރިހެން ގްރޫޕްތައް ތަރުތީބު ކުރެވިފައިވާ ގޮތުން ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށީ ވޮލީ ކުލަބު، ވެލާ، އަދި ކާމިޔާބު ޓީމެވެ. މީގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ފޭސް ފިޔޯރީ، ނިލަންދޫ ކައުންސިލް އަދި ހުޓިކޮޑާ ސްޕޯޓްސް އެވެ.
މުބާރާތުގެ ގަވާއިދުގައި ވާ ގޮތުނަ އަންހެން ޑިވިޝަންގައި 5 ޓީމް ވާދަކުރުމުގެ ސަބަބުން މި ޑިވިޝަން ކުޅޭނީ އެއްގުރޫޕަކަށް ލީގު އުސޫލުންނެވެ. އަންހެން ޑިވިޝަންގެ ޓީމްތައް ތަރުތީބު ކުރެވިފައިވާ ގޮތުން ހިމެނެނީ އިގްނައިޓް ޖޫނިއާސް، ގެމަނަފުށި ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް ، އަދި ފުވައްމުލަކު ސިޓީގެ ސީކުއީން ގެ އިތުރުން ހުޓިކޮޑާ ސްޕޯޓްސް ކަނބަލުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އިގްނައިޓް ޖޫނިއާރސް އަދި ގެމަނަފުށީ ވޮލީ ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ގެމަނަފުށި ރަސްމީ ވޮލީކޯޓުގައެވެ.
ވޮލީކޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއިއެކު މި ބޭއްވޭ މުބާރާތަކީ ދެކުނުގައި ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތަށް ވާނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
ހާއްސަކޮށް ގެމަނަފުއްޓަކީ ވޮލީގެ ހާއްސަ ރަށަކަށްވެފައި ސަރަހައްދުގައި ބޭއްވޭ ގިނަ މުބާރާތްތަކުން އެރަށުގެ ޓީމްތައްދަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

