މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުމުރުން 31 އަހަރުގެ ގުޑްވިލް، އަޙްމަދު ޢަލީއެވެ.
އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލްކުރުމުގެ ތެރޭގައެވެ.

ހުވަނދުމާ ހިނގުމުން ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 15 ގުރާމެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

