1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ދިޔަ ޙައްޖުވެރިންނަށް ދީނީ އިރުޝާދުތައް ދެއްވުމަށް ވަޑައިގެންނެވި ދީނީ ޢިލްމުވެރިން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާ، ޢިލްމުވެރިންނަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.
ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާ ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވަޒީރު ވަނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވާފައެވެ. މިއަހަރު ރާއްޖެއިން ޙައްޖުވެރިންގެ އިސް ޝައިޚެެއްގެ ގޮތުގައި ވަޑައިގެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބު އައްޝައިޚް މުޠީޢު އިސްމާއިލްއެވެ.
މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށްދިޔަ 1000 ޙައްޖުވެރިން، ޙައްޖުގެ އަޅުކަމަށްފަހު ފާއިތުވެދިޔަ ހަފްތާގައި ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

