އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ޚަބަރުތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ނެރެމުން އަންނަ އަޚްބާރުގެ ދިހަ ވަނަ އަދަދު ނެރެފިއެވެ.
"އަޚްބާރު"އަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ޚަބަރުތައް ވީހައި ވެސް ގާތުން އާންމުންނާ ހަމައަށް ގެނެސްދިނުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެމުން އަންނަ މަޖައްލާއެކެވެ. އަޚްބާރުގެ ދިހަ ވަނަ އަދަދުގައިވެސް ފާއިތުވެދިޔަ ހަފްތާތަކުގެ ފާހަގަކޮށްލެވޭ ޚަބަރުތައް ހިމެނިފައިވެއެވެ.
"އަޚްބާރު" މެދުވެރިކޮށް ވުޒާރާގެ އެންމެ ފަހުގެ ޚަބަރުތަކާއި، އާންމު އިޢުލާނުތަކާއި، ވުޒާރާއިން އާންމުކުރާ މުހިންމު އުސޫލުތައް އާންމުންނަށް ފަސޭހަކަމާ އެކު ބަލައިލެވޭނެއެވެ.
އަޚްބާރުގެ ދިހަ ވަނަ އަދަދު https://islamicaffairs.gov.mv/Library/33210 މި ލިންކު މެދުވެރިކޮށް ވަނީ އާންމުކޮށްފައެވެ.

