މާލެސިޓީގެ މަގެއްގެ މަތިން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މަސްތުގެ ހާލަތުގައި ހުރި އަންހެނަކު އެއްމަސްދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ މާލެސިޓީއަށް ނިސްބަތްވާ 23 އަހަރުގެ އަންހެނެކެވެ. އެއަންހެން މީހާ ބަންދު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ހައްޔަރު/ބަންދުގެ ރެކޯޑެއްވެސް އޮތް މީހެއް ކަމަށެވެ.
އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އާންމުތަނެއްގައި މަސްތުގެ ހާލަތުގަައި ހުއްޓަ ކަމަށް ބެލެވޭކަމަށާއި އެހެންކަމުން އެފަދަ މީހުންނަކީ މުޖުތަމައަށް ރައްކާތެރި ބަޔަކަށް ނުވާތީ މުޖުތަމައުން އެކަހެރިކޮށް ވަގުތުން ފަރުވާއަށް ސެންޓަރަށް ގެންދަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ހަމަމިއާއެކު އަންހެންމީހާގެ ކުޑަކަމުދާތަކެތީގައި މަސްތުވާތަކެތީގެ އެކިބާވަތުގެ ތާސީރު ހުރި ކަމަށް ދައްކާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

