ސްޓާ ޕްލަސްގެ ކުރީގެ މަޝްހޫރު ސިލްސިލާ “ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ” ގެ ދެވަނަ ސީޒަން ގެނެސްދޭނީ ނެޓްފްލިކްސް އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން “ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ” ސީޒަން ދޭއް ސްޓާ ޕްލަސް އިން ގެނައުމުގެ ބަދަލުގައި ގެނެސްދޭނީ ނެޓްފްލިކްސް ކަމަށެވެ. އެހެންނަމަވެސް، ސީރީޒާ ބެހޭ އެއްވެސް މައުލޫމާތެއް ސީރީޒްގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރް ބަލާޖީން ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެެވެ.
އެކްތާ ކަޕޫރް އާއި ނެޓްފްލިކްސް ގުޅިގެން ގިނަ ކޮންޓެންޓްތަކެއް ގެނެސްދިނުމަށް އެއްބަސްވެފައިވާއިރު، މިހެންވުމުގެ ސަބަބުންވެސް ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ” ގެ ސީޒަން ދޭއް ނެޓްފްލިކްސް އިން ގެނައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސީޒަން ދޭއް ގައިވެސް ފުރަތަމަ ސީޒަންގެ މައިގަނޑު ދެ ތަރިއަކު ހިމެނެ އެވެ. އެއީ ތުލްސީ ވިރާނީގެ ރޯލު ކުޅުނު އަދި މިހާރު އިންޑިއާގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ސުމިތުރީ އިރާނީ އާއި އަމަރު އުޕަދޭ އެވެ.
މި ސިލްސިލާގައި ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

