މާދަމާއިން ފެށިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބައެއް ފަންގިފިލާތަކުން ދެމުން އަންނަ ހިދުމަތްތަކަށް ވަގުތީ ބަދަލެއް އަންނާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެގޮތުން، އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އިމާރާތް (ހިޔަލަވިންގު)ގެ ބައެއް ފަންގިފިލާތަކުގައި ކުރަން ޖެހޭ އެކިއެކި މަސައްކަތްތައް، އެ ފަންގިފިލާތަކުން ދެމުން ގެންދިޔަ ހިދުމަތްތަކަށް މާދަމާއިން ފެށިގެން ވަގުތީ ގޮތުން ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން:
- 2ވަނަ ފަންގިފިލާ: އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަޖެންސީގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ބަދަލުކުރުން
- 3 އަދި 4 ވަނަ ފަންގިފިލާ: ލޭބާ ރޫމް އަދި ލޭބާ އިންޑަކްޝަންގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ބަދަލުކުރުން
- 5 އަދި 6 ވަނަ ފަންގިފިލާ: ވާޑް އޭ އަދި ވާޑް ބީގައި ހިމެނޭ ވާޑް އަދި ކޮޓަރިތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ބަދަލުކުރުން
- 9 ވަނަ ފަންގިފިލާ: ގައިނީ ތިއޭޓަރުގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުގެ 12 ވަނަ ފަންގިފިލާގައިވާ ތިއޭޓަރު އަށް ބަދަލުކުރުން
އެހެންކަމުން އައިޖީއެމްއެޗުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަސައްކަތްތަށް ނިމެންދެން މި ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ ފަންގިފިލާތަކަށް ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.

