ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި ގާއިމްކުރާ 100 އެނދުގެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން ވިލިމާލޭގައި ހުންނަ އަމާން ހިޔާއަށް ބަދަލު ކުރަން ނިންމައިފިއެވެ.
ސިއްހީ ވުޒާރާއިން އިއްޔެ ވަނީ މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ވިލިމާލެ ހޮސްޕިޓަލް އަމާން ހިޔާއަށް ބަދަލު ކުރުމަށް ހަވާލުކޮށްފައެވެ.
ނަމަވެސް މި މަސައްކަތް ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހޮސްޕިޓަލަކީ ގުޅިފަޅުގެ މީހުން އާބާދުވާއިރު ފުރަތަމަ ބޭނުންކުރާނެ ހޮސްޕިޓަލަށް ވެގެންދާނެކަމުގައިވެސް ސަރުކާރުންވަނީ ބުނެފައެވެ. އަދި މި ހޮސްޕިޓަލް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށެވެ.
މި ހޮސްޕިޓަލަށް “ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ގެ ނަން ދޭން ވަނީ ނިންމާފައެވެ.

