ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމެންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވިނަރެސްގެ 9ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ހާދިސާގެ ސަބަބުން އެޕާޓްމަންޓް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭނގެއެވެ. އެކަމަކު އެމްއެންޑީއެފުން ބުނި ގޮތުގައި އެންމެ ފުރަތަމަ ރޯވީ ގޮދަޑިއެއްގައެވެ.

