ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އދ. ގެ ޕަބްލިކް ސާވިސް ދުވާހާއި ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރަނީ ޕަބްލިކް ސާވަންޓުންގެ މަސައްކަތް ދެނެގަނެ، މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ.
މިއަހަރުގެ ފޯރަމުގެ ޝިއާރަކީ، “2030އަށް 5 އަހަރު: ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޕަބްލިކް ސާވިސްގެ ޑެލިވަރީ އަވަސްކުރުން” މިއެވެ.
ރައީސްގެ މެސެކުގައި އެމަނިކުފާނު ވިދާޅުވީ ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޕަބްލިކު ސާވަންޓުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
އަދި ރައީސް ވަނީ ޤައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ޚިދުމަތްތެރިންނާއި މުއައްސަސާތަކުން ދެމުންދާ އެއްބާރުލުމަށާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

