އީރާނާއި އިސްރާއީލާއި ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކުރުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދާން ފަށައިފިއެވެ.
އެކަން އިޢުލާނު ކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
އީރާނާއި އިސްލާއީލާއި ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ކަން ޓްރަމްޕް އިޢުލާނު ކުރުމާއި އެކު ދުނިޔޭގެ ބާޒާރަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެ ގޮތުން ތެލުގެ އަގު %4އިން ދަށަށް ގޮސްފައެވެ. ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ އުފުލިފައެވެ. އަދި، އެމެރިކާ ޑޮލަރުގެ އަގު ވަނީ ވެއްޓެން ފަށާފައެވެ.
ހިއްސާގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މިންގަނޑެއް ކަމުގައިވާ އެސްއެންޑްޕީ 500ގެ އަގު ވަނީ %1އިން އުފުލިފައެވެ. މީގެ އިތުރުން، ނެސްޑެކްގެ އަގު ވަނީ %1.3އިން މައްޗަށް ޖެހިލާފައެވެ. އަދި، ވިލާތުގެ ސްޓޮކްސް 600ގެ އަގު ވެސް %1.3ން އުފުލިފައިވާއިރު، ދަތުރުފަތުރާއި އެއަރލައިންތަކުގެ ދާއިރާގެ ހިއްސާގެ އަގުތައް ވަނީ %4އިން އުފުލިފައެވެ.
ތެލާއި ގޭހުގެ ހިއްސާގެ އަގުތައް ވެސް ވަނީ %3އިން މައްޗަށް ޖެހިލާފައިވާއިރު، ޖަޕާންގެ ނިކޭގެ އަގު ވެސް ވަނީ %1.1އިން އުފުލިފައެވެ.

