ޅ. މަޑިވަރު އެއަރޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޅ. މަޑިވަރު އެއަރޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެކަން ފުލުހުންނަށް މިއަދު ރޭ 20:26 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވީ ޑިންގީގައި ތިބި 3 މީހުން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަައެވެ.
އަނިޔާވި މީހުންނަށް މިހާރު ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓާ ގުޅިގެން ޑިންގީ ވަނީ ގެއްލިފައެވެ. އަދި މިވަގުތާ ހަމައަށްވެސް ޑިންގީ ފެނިފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކާމިޔާބެއްވެސް ލިބިފައެއް ނުވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

