ފުވައްމުލަކު ސިޓީއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދި އަންހެންކުއްޖާ ދާދި ދެންމެއަކު ފެނިއްޖެ އެވެ.
ރޭ ފުލުހުން ވަނީ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާ ކަމަށާއި އެއީ ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް މައުލޫމާތު ދީފައެވެ.
މި ކުއްޖާ ނުފެނިގެން ހޯދަން ފެށީ އެންމެ ފަހުން ރޭ 7:30 އެހާކަންހާއިރު ދަޑިމަގު ފްލެޓް ސަރަހައްދުން ކަމަށް ފެނުނު ފަހުން ހަބަރެއް ނުވެގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކާމިޔާބު ވެއްޖެ ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

