ޅ. މަޑިވަރު އެއާޕޯޓާއި ދިމާލުން ލޯންޗަކާއި ޑިންގީއެއް ޖެހި، ހިނގައިދިޔަ އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ރޭ 8:26 ހާއިރު ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކަށް ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
މިމީހުން މާލެ ގެނެސްފައިވަނީ ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހުއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ޑިންގީގެ ކެޕްޓަން އައި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފައިވާއިރު، ލޯންޗުގައި ޖެހުނު ޑިންގީ އެކްސިޑެންޓަށްފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި ޑިންގީި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

