މޮޒަމްބީކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެންޑް ކޯޕަރޭޝަން އޮފް ދަ ރިޕަބްލިކް އޮފް މޮޒަމްބީކް، މާރިއާ މެނުއޭލާ ޑޮސް ސަންޓޯސް ލޫކަސް އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި ވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި މިނިސްޓަރގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، މޮޒަމްބީކްގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރާ ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު ގާތުން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށް ވެސް މިނިސްޓަރ ޚަލީލުގެ މެސެޖުގައިވެއެވެ.
މިނިސްޓަރ ވިދާޅުވީ މާރިއާ މެނުއޭލާ ޑޮސް ސަންޓޯސް ލޫކަސް އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައިކުރާ ކަމަށެވެ.

