މިއަދު މެންދުރު ހުޅުމާލެ ސަހަރާ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:25 ހާއިރުއެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައެވެ.
އަލިފާނުގެ ހާދިސާގައި ޕިކަޕަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނެތެވެ.

