ހުޅުމާލެ ފޭސް 2 ގެ ނިރޮޅު މަގުން އަރާ ހިސާބު ބީޗް ސަރަޙައްދުން ކުނި ވަސް ދުވާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެެރިވެއްޖެއެވެ.
ފުލުހުން މީޑިއާ ތަކަށް މެސެޖެއް ފޮނުވައި މައުލޫމާތު ދީފައިވާ ގޮތުގަައި އެ ސަރަހައްދުން ވަރަށް ގަދައަށް ކުނި ވަސް ދުވާކަމަށް ބަޔަކު ވަނީ މިއަދު ހަވީރު 17:19 އެހައިކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ރިޕޯޓު ލިބުމާއެކު ވަގުތުން ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ވަރަށް ރަނގަޅަށް މުޅި ސަރަހައްދު ބަލައި ޗެކް ކޮށްގައެވެ.
ފުލުހުން ބުނީ އެސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާ ކަމަށާއި، ފުލުހުން ބެލި ބެލުމުން އެއީ މަރުވެފައި އޮތް ބުޅަލެއް ކުނިވާ ވަސްކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި ކަމަށް ފުލުހުން ވަނީ ބުނެފަައެވެ.

