ގއ.ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއު މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޮމްޕެނީ (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މި މައުލޫމާތު ހާމަކޮށްފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ.
600 އެއްހާ މީހުން ދިރިއުޅޭ ކޮލަމާފުށީގެ މަގުތައް ތަރައްގީ ކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި މަޝްރޫއު ނިމުމުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް ބެލެވެއެވެ.

