އެމްޕީއެލް އަދި ހުޅުމާލެ ޓާރމިނަލް މިއަދު ބަންދު ވާނެ ކަމަށް އިއުލާން ކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހިޖުރީ އައު އަހަރު ފެށުމާ ގުޅިގެން މިއަދު އެމްޕީއެލް އަދި ހުޅުމާލެ ޓާރމިނަލްގެ ޚިދުމަތްތައް ބަންދުކުރާނެ ކަމަށެވެ.
އެމްޕީއެލްގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާދަމާ 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ 1447 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް ކަމަށްވާތީ، އެދުވަހު އެމްޕީއެލް އަދި ހުޅުމާލެ ޓާރމިނަލްގެ އެންމެހާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.
ނަމަވެސް، އެމްޕީއެލްގެ ޚިދުމަތްތައް އަލުން ފެށޭނީ 27 ޖޫން 2025 ވާ ހުކުރު ދުވަހުގެ ރޭ 11:30 އިން ފެށިގެން ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، އެމްޕީއެލްއިން ވަނީ ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

