މަސްތުވާތަކެތީގެ މައްސަލަތަކަށް ބޭނުންވަނީ ގުޅިގެން ދުނިޔޭގެ ފެންވަރުގައި އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްތުވާތަކެތި ބޭނުންކުރުމާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކަށް ބޭނުންވަނީ ގުޅިގެން ދުނިޔޭގެ ފެންވަރުގައި އަޅާ ފިޔަވަޅުތަކަށް ރާއްޖެއިން ޤާނޫނު ތަންފީޒުކުރުމާއި، ރައްކާތެރިކުރުމާއި، ފަރުވާދިނުމާއި، އަދި މުޖުތަމަޢުއަށް އަނބުރާ ގެނައުން ހިމެނޭ ޤައުމީ އޮނިގަނޑެއްގެ ތެރެއިން މުހިންމު ކުރިއެރުންތަކެއް ހޯދުން ކަމަށެވެ.
މިއަދު އެ މަނިކުފާނު އަލުން ކަށަވަރުކޮށްދެނީ، މި ނުރައްކާތެރި ގޮންޖެހުންތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތުގައި އެހީތެރިވެ، ރާއްޖެ އިތުރަށް ދުޅަހެޔޮ އަދި ރައްކާތެރި ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ވަރުގަދަ އަޒުމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ދުނިޔޭގެ މަސްތުވާތަކެތީގެ ދުވަހުގެ ޝިއާރަކީ “ޢަދުލު އިންސާފާއި، ތަޢުލީމާއި، ސިއްޙީ ފަރުވާ އަދި ދިރިއުޅުމުގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ދެމެހެއްޓެނިވި ކެރިފޯރުންތެރިކަމުގެ ބިންގާތަކެވެ.”
މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުވަހެއްގެ ގޮތުގައި 26 ޖޫން ފާހަގަކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ނިންމީ 7 ޑިސެމްބަރު 1987 ގައެވެ.

