ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް ރ. އަތޮޅުގައި ފެރީ ހިދުމަތް ފަށައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ހިދުމަތް ވަނީ ފަށާފައި ކަމަށެވެ. އަދި ރ. އަތޮޅުގެ އެންމެހައި ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ.
ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުގެ ޢަމާޒާ އެއްގޮތަށް ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެކަމަށެވެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

