ހިޖުރީ 1447 ވަނަ އަހަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި ރައްޔިތުންން އުފާވެރި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މެޑަމް ސާޖިދާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި، އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މިންވަރުކޮށްދެއްވުމަށް އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ހިޖުރީ ކަލަންޑަރުގެ 1447 ވަނަ އަހަރާ މިއަދު ވަނީ މުޅި އިސްލާމީ އުއްމަތް ބައްދަލުވެފައެވެ. މިއީ ނަބިއްޔާ މުޙައްމަދު ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ތާރީޚުން ފެށިގެން ގުނާ ކަލަންޑަރެވެ.

