އުރީދޫ މޯލްޑިވްސްގެ ފަންރަން މާދަމާ ހަވީރު އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާތުވެއްޖެއެވެ.
އުރީދޫއިން މާދަމާ އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަންއަށް ތައްޔާރުވެފައިވާއިރު، މި ހަރަކާތާއި ގުޅިގެން އައްޑޫސިޓީ ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ބުނެފައެވެ.
އުރީދޫ ފަންރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުން ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދަކަށްވާއިރު، އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފަވެރި 5 ކިލޯ މީޓަރު ދުވުމެކެވެ.
މާދަމާ އައްޑޫ ސިޓީގައި ފަންރަން އޮންނައިރު، ޑިސެމްބަރު މަހު ހުޅުމާލޭގައި ވެސް މި ރަން ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

