ކަރަންޓު މައްސަލައެއް ދިމާވުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތްތައް، ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ކްލިނިކް އަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހުޅުމާޅެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ މެއިން އިލެކްޓްރިކަލް ޕެނަލް އަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަމަށާއި، މި މައްސަލަ އާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގެ ޖެނެރަލް އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅޭ ޓީމުން މަސަައްކަތް ކުރަމުންދާ ކަމަށާއި، މި ކަމުގަ ސަބަބުން ހިދުމަތް ހޯއްދަވަން އަންނަ ފަރާތަތްތަކަށް ހުޅުމާޅެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފައެވެ.

